Friday, May 7, 2010

ދިވެހި އަދަބިއްޔާތުން އާމަގެއް


ދިވެހި އަދަބިއްޔާތުން އާމަގެއް
ދިވެހި ޅެމުން އުފާ ލިބިގަނެ، ޅެމުގެ މޮޅުދެރަ ފާހަގަ ކުރެވެމުންދާ ކޮންމެ ހަފުލާއެއްގައި ކޮންމެ ވަގުތެއްގައި އެންމެފުރަތަމަ ދިވެހިބަހުން ޅެމެއް ހެއްދެވި (މިހާރުގެ ވަޒަންތަކަށް ޅެމެއްހެއްދެވި) ބޭފުޅާގެ ޒިކުރާ އާކުރުމަކީ، ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ސަބަބަކީ، އޭނާ ދިވެހި ޅެންވެރިކަމަށް ގެނެސްދެއްވީ އައު ފެށުމެކެވެ. އައު ދިރުމެކެވެ. އައު އުފެއްދުންތެރިކަމެކެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި ދިވެހިބަހުން އެންމެ ފުރަތަމަ (މިހާރު މި ހަދާ ވައްޓަފާޅިއަށް) ޅެމެއް ހެއްދެވީ ހުތް އަލީ ދީދީއެވެ. ހުތްއަލިދީދީގެ އަސްލު ނަންފުޅަކީ ފަޟީލަތުއް ޝައިޚް މައުލަވީ ހުތް ޢަލީ ދީދީ އެވެ. ތާރީޚީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހުތް އަލީ ދީދީ އަކީ ދިވެހި އަދަބުގެ ތެރެއަށް ވަރަށް ބޮޑު އިޞްލާޙެއް ގެންނެވި ބޭފުޅެކެވެ. ދިވެހި ތާރީޚުން އެނގެންއޮތް ގޮތުގައި އެންމެފުރަތަމަ ދިވެހިބަހުން ޅެމެއް ހެއްދެވީ ހުތް އަލީ ދީދީ އެވެ.ހުތްއަލީ ދީދީ އެންމެ ފުރަތަމަ ޅެން ހެއްދެވީ ކޮންތާރީޚެއްގައި ކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެމަނިކުފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 1291 އާއި 1351 އާއި ދެމެދު ކަމަށް ތާރީޚުން އެނގެން އޮތީތީ އެންމެފުރަތަމަ ދިވެހި ޅެން ހެދިފައިވާނީ ހިޖުރީ 14 ވަނަ ޤަރުނުގެ ކުރީކޮޅުގެ އަހަރެއްގައިކަމަށް ބެލެވެއެވެ. ޅެންވެރި ކަމުގެ ތެރެއިން، ހުތް ޢަލީ ދީދީ އަކީ ރައިވަރު ހެއްދެވުމުގައި އަރާހުންނެވި ޝާޢިރެކެވެ. އެންމެ ފުރަތަމަ ދިވެހި ޅެމުގެ ފުރަތަމަ ދެބައިތު އޮތީ ޢަރަބިބަހުންނެވެ. ރައިވަރު ހަދަމުން އައި ވަޒަނާ ޚިލާފަށް ޅެންވަޒަނުގެ މައްޗަށް ހެދުނު ފުރަތަމަ ދިވެހި ޅެން ހެދިފައިވަނީ ޢަރަބި ޅެމުގެ ވަޒަން ތަކުގެ ތެރެއިން ވަޒަނެކަށެވެ. އޭގެފަހުން އެތައް ޒަމާނަކަށްފަހު މިޒަމާނުގައިވެސް ދިވެހިޅެން ގިނައިން ހަދައި އުޅެނީ މިދެންނެވިފަދަ ވަޒަން ތަކަށެވެ.ދިވެހިބަހުން ދެވަނައަށް ހެދުނު ޅެމަކީ ވެސް ހުތްއަލިދީދީގެ ޅެމެކެވެ.ތާރީޚީ ފޮތްތަކުން އެނގޭގޮތުގައި ހުތްއަލީ ދީދީ ދިވެހިބަހުން ޅެން ހައްދަވަން ފެއްޓެވުމާއެކު އޭރު ތިއްބެވި ބައެއް އަދީބުން މިފަދަ ޅެންތައް ހައްދަވަން ފެއްޓެވިއެވެ. އޭގެ ތެރެއިން ތާރީޚީގޮތުން ފާހަގަކުރެވިފައިވާ ބޭފުޅުންނަށް ބަލާލާއިރު ވާހަކަގޭ ދޮންތުއްތު، އެއްގަމުގޭ އަހުމަދު ދީދީ، އަދި ސީދީގެ އަލިދީދީ ފަދަ ބޭފުޅުން ހިމެނެއެވެ. ދިވެހިޅެން ވައިގައި ހިފައި ޅެންހެދުމު ފޯރިއުފެދިގެން ދިޔަކަމަށް ވެއެވެ. އެގޮތުން އެންމެ ގިނަ ޅެން ހެއްދެވިކަމަށްވަނީ އެއްގަމުގޭ އަހުމަދު ދީދީ ނުވަތަ ހަކުރާ މަނިކުފާނު އެވެ. ޅެންތަކުގެ ތެރޭގައި “ފާތިމަތުގެފާނުގެ ޅެން” “ހުސައިނުގެފާނުގެ ޅެން” މިފަދަ އެތައް ޅެންތަކެއް ފާހަގަ ކޮށްލެވެއެވެ.

މަސައްކަތް :
ހުތްއަލިދީދީގެ އާއި ބެހޭ މަޢުލޫމާތު އިރުރަށް ދިރާސާކޮށް ލުއިފޮތެއް ތައްޔާރު ކުރާށެވެ.
މަސައްކަތްކުރަންވީ ގޮތް :
ހުތްއަލިދީދީގެ ނަޞަބުފުޅު،ފާހަގަކުރެވޭ ސިފަތައް،އަދަބީ ކިދުމަތްތައް،ލިޔުއްވި ފޮތްތައް،ބައެއް ޅެންތައް

Thursday, May 6, 2010

ގިސާސް

http://www.4shared.com/document/TYYGnbBp/Qisas.html
މަތީގައިވާ ސައިޓުން ޤިސާސް އާއި ބެހޭ މައުލޫމާތު ލިބޭނެއެވެ.

ސަމާސާ އަދަބު






މަންމަގެ ސިޓީ




04 މެއި 2010، 02:41 އަންގާރަ
ޢަބްދުﷲ ނަޢީމު އިބްރާހީމް ދެމަފިރިއެއްގެ ގުޅުން ހިތް ހަމަ ޖެހޭ ފަދަ ގޮތަކަށް ދެމި އޮންނަނީ އެކަކު އަނެކަކަށް ކުރާ އިތުބާރެއްގެ ސަބަބުންނެވެ. އަޅުގަނޑުގެ އަންހެނުންވެސް އަޅުގަނޑަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. އަޅުގަނޑުވެސް އަންހެނުންނަށް ހަމަ އެހައި ބޮޑަށް އިތުބާރު ކުރަމެވެ. އެކަކު އަނެކަކަށް ކުރާ ސުވާލު ތަކަކީ އަޅުގަނޑު ދެކޭ ގޮތުގައި އެހައި ބޮޑު މައްސަލައެއް ނޫނެވެ. އެއީ އިތުބާރު ނުކުރާ ކަމުގެ ޢަލާމާތެއްވެސް ނޫނެވެ. އޮފީހުގައި ތަންކޮޅެއް ގިނަ އިރު އުޅެފައި ގެއަށް އައީމާ އަންހެނުން އަހާނެ އެވެ. "ތިޔަހައި ލަސް ވަނީ އޮފީހުގެ މަސައްކަތް ހަމަ އެހައި ބުރައީ ހެއްޔެވެ?؟" އަޅުގަނޑަކަށް ދޭނޭ ޖަވާބެއް ނޭނގެއެވެ. މަސައްކަތެއް ނެތިއްޔާ އޮފީހުގައި އުޅެނީ ކީއްކުރަން ހެއްޔޭ އަހާފާނަމޭ ހިތަށް އަރައެވެ. އެކަމަކު އެހެން ނާހަނީ އެ ކުރާ ސުވާލަކީ އަންހެނުން ކުރުން އެންމެ ރަނގަޅު ސުވާލެއް ކަމަށް ދެކޭތީއެވެ. އަޅުގަނޑުވެސް އެ ކަހަލަ ސުވާލު ކުރަމެވެ. އޮފީހުގައި ދެ ގަޑި ބައިގެ ފަހުން ކުރަނީ ކޮން މަސައްކަތެއް ހެއްޔޭ، ނުވަތަ ބާޒާރަށް ގޮސްފައި އެހައި ލަހުން އަންނަނީ ކީއްވެގެން ހެއްޔޭ، މި ކަހަލަ މާނައެއް ނެތް ސުވާލު ކުރަމެވެ. އަޅުގަނޑުމެން ދެ މީހުން އެކަކު އަނެކަކަށް އިތުބާރު ކޮށްގެން އުޅުނު ކަމުގައި ވިޔަސް އެއީ ތެދެއް ކަމަށް ޤަބޫލު ނުކުރާ މީހަކު އުޅެއެވެ. އެއީ އަޅުގަނޑުގެ މަންމަ އެވެ. މަންމަ ބުނާ ގޮތުގައި އިތުބާރަކީ އިތުބާރު ކުރަމޭ ދުލުން ބުނެލުން އެކަންޏެއް ނޫނެވެ. ޢަމަލުންވެސް އެކަން ފެންނާން ޖެހޭނެ އެވެ. އެކަމަކު އިތުބާރު ނުކުރެއޭ ހީވާ ކަހަލަ ކަމެއް ކުރެވުނު ހަނދާނެއް ނެތެވެ. އަންހެނުންވެސް އެ ކަހަލަ ކަމެއް ކުރި ކަމެއް އެނގިފައެއް ނެތެވެ. ކޮންމެއަކަސް މަންމަގެ ހާސަރު ގިނަ ވެގެން އަންހެނުންގެ ޝަކުވާ އިތުރު ވާން ފެށީމާ އަޅުގަނޑު މަންމަ ރަށަށް ފޮނުވައިލައިފީމެވެ. މަންމަ ރަށަށް ދިޔަތާ މަހެއްހައި ދުވަސް ފަހުން އަޅުގަނޑު އެއް ދުވަހަކު އޮފީހުން ގެއަށް އައި އިރު އަންހެނުން އިނީ ރުޅި އައިސް ފުފިފަ އެވެ. ވީ ކިހިނެއްތޯ އަހައިލީމާ ބުންޏެވެ. "ކަލޭގެ މަންމަ މިއަދު އަނެއްކާ އަހަރެންގެ އަބުރު ނަގައިލައިފިއެވެ." އަޅުގަނޑު ޙައިރާން ވެފައި ބުނެލީމެވެ. "ބަލަ މަންމަ ރަށަށް ދިޔަތާ ކިތަންމެ ދުވަހެއް ނޫން ހެއްޔެވެ?؟ ކަލޭގެ އަބުރަށް މަންމަ އަރައިގަންނާނީ މި ރަށުގައި ހުރެގެން ނޫން ހެއްޔެވެ?؟" "މިއީ ކަލޭގެ މަންމަ ކަލެއަށް ފޮނުވި ސިޓީއެކެވެ. މުހިއްމު ވާހަކައެއް އޮވެދާނެއޭ ހިތައި އަހަރެން ކަނޑާލީއެވެ." އަންހެނުން އަޅުގަނޑާ ދިމާއަށް ދިއްކޮށްލީ މަންމަ ފޮނުވާފައި އޮތް ސިޓީ އެކެވެ. ސިޓީ އެޑްރެސް ކޮށްފައި އޮތީ އަޅުގަނޑަށެވެ. އެ ސިޓީގައި އަންހެނުންގެ ވާހަކައެއް ނެތެވެ. މުޅިންވެސް ހުރީ ޙާލު އަޙްވާލުގެ ވާހަކައެވެ. އެކަމަކު ސިޓީ ނިންމާލާފައި ތިރީގައި ނޯޓެއް ލިޔެފައި އޮތެވެ. އެ ނޯޓުގައި އޮތީ މިހެންނެވެ. "ނޯޓް: ވަޙީދާ އަށް ކަލޭ ކިޔައި ނިމުނީމާ މި ސިޓީ އަހަރެންގެ ދަރިފުޅަށް ދައްކާލާށެވެ."

Wednesday, May 5, 2010

އަރަތް

އަރަތް
މީހަކު އޭނާގެ ރަޙުމަތްތެރިޔަކަށް މި އަރަތް ޕޯސްޓުން ފޮނުވުމުން، އެ ރަޙުމަތްތެރިޔާ އޭނާގެ އަނބިމީހާގެ ގާތުގައި ބުންޏެވެ. "ޙަލާލުކުރެއްވި ކަންތައްތަކުގެ ތެރެއިން މާތް ﷲ އެންމެ ރުހިވޮޑިނުގަންނަވާ ކަމަކީ ވަރި އެވެ."އަނބިމީހާ ބުންޏެވެ. "ތިއުޅެނީ އަހަރެން ވަރިކުރަން ހެއްޔެވެ؟"ފިރިމީހާ ބުންޏެވެ. "ނޫނެކެވެ. މިއުޅެނީ އަހަރެމެން ދެމީހުންނަށް ދަރިން ނުލިބޭތީ އެހެން މީހަކާ އިންނަން ކަމަށެވެ."އަނބިމީހާ ބުންޏެވެ. "ތިކަމުގައި ޢަދުލުވެރިވުން ނޫން ކަމެއް ތިބާގެ ކިބަޔަކުން ނޭދެމެވެ."

އަރަތް:ބައެއް ޤައުމުތަކުގެ އަންހެނުން އެ ޙާޞިލުކުރުމަށްޓަކައި ވަރަށް މަސައްކަތް ކުރެ އެވެ.ނަމަވެސް ބައެއް ޤައުމުތަކުގައި ކަން އޮތީ ދިމާ އިދިކޮޅަށެވެ.މީހަކާ ނީންނަ އަންހެނަކަށް އެ ޙާޞިލެއް ނުވާނެ އެވެ.މީހަކާ އިންނަ އަންހެނަކަށް އެ ލިބުނު ކަމުގައި ވިޔަސް، އޭނާގެ އަތުން އެ ބީވެގެން ދިއުމަކީ ޖާއިޒު ކަމެކެވެ.އެ ނިސްބަތްވަނީ އާދަމުގެފާނުގެ ދަރިފަސްކޮޅަށެވެ

އަށް ވަންނާށެވެ. www.fanvai.com.mv މަތީގައިވާ ޖަވާބު ހޯދުމަށް

Monday, May 3, 2010

ވާހަކަ ލިޔުން


މިއީ ވެސް ގޮތެކެވެ.އަހަރެން އެންމެ ކުޑަ އިރުއްސުރެ ކިޔަވަމުން އައި ގޮތެވެ.އެކަމަކު ބަދަލުވަމުންދާ ދުނިޔޭގައި މިކަން ވެސް ބަދަލުވާނެ ކަން ޔަޤީނެވެ.......
މަތީގައިވާ ފެށުން ބޭނުން ކޮށްގެން ވާހަކަ އެއް ލިޔާށެވެ.6 ޖޫންގެ ކުރިން ދިވެހި މުދައްރިސާ ހަވާލު ކުރާށެވެ.

ވިސްނަން ވެއްޖެ ކަމެއް

. ގޭތެރޭގައި އެއްޗެހި އެކި ތަންތަނަށް ފުނި ޖަހާފައި ނުބެހެއްޓުން.އަޅުގަޑުމެން ކުޑައިރު މަންމަމެން އަބަދު ބިންމަތީގަޔާ އެކިތަންތަނަށް އުކާލާފަ ހުންނަ ކުޅޭ އެއްޗެހި ނުބަހައްޓާށޭ ފޮތްތައް ނަގާށޭ ބުނާ ދުވަސް މަތިން ހަދުމަކޮށްލައްވާ. މިއޮތީ ހަމަ އެކަންތައް ތަކުރާރުވެފަ. ހެދުންތައް އެނދުމަތީގަޔާ، ގޮނޑިމަތިން، ކުދިންގެ ފޮތްތައް މޭޒުމަތީގަޔާ އެކިތަންތާގައި ބަހައްޓާފައި ހުންނަނަމަ ގޭތެރެ ސާފުކުރަން އުނދަގޫވާ ގޮތް މެދުވެރިވާނެ. މިގޮތަށް ނަގަން ޖެހޭ އެއްޗެހި މަދުކޮށް ގަވައިދުން އެއްޗެއް އޮންނަންވާ ތަނުގައި ބެހެއްޓޭނަމަ މިއީ ތަރުތީބުކުރުމަށް ނަގާ ވަގުތު ކުޑަކޮށް ސާފުކުރުމުގެ މަސައްކަތަށް އަވަސްކަމެއް ގެނުވާނެ ކަމެއް

Sunday, May 2, 2010

މަރުޙަބާ

!މިލިޔުން ބައްލަވާ ހުރިހާ ބޭފުޅުންނަށް މަރުޚަބާ